ބަންޑާރަ ނާއިބަކީ އުޝާމް، ޑިފެންސާއި ފިޝަރީޒަށް ވަޒީރުން އައްޔަނުކުރާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބަންޑާރަނައިބަކީ އަޙްމަދު އުޝާމް ކަމަށާ އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން އަދި އައްޔަނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ވަނީ ބަދަލުތަކެއް ގެންނަވާފަ އެވެ. އަދި 12 ވަޒީރަކު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމް އާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ. އެހެން ކަމުން އިތުުރު ދެ ވަޒީރުން އަދި އައްޔަނު ކުރައްވާނެ އެވެ.
އެއީ ޑިފެންސް މިނިސްޓަރު ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރެވެ. އެ ދެ މަގާމަށް އައްޔަނު ކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް