އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދީފައިވެއެވެ.
އީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އީސީގެ މެންބަރު ކަމުގެ މަގާމަށް ހުޅުވާލާފައިވާއިރު، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޚިޔާރު ކުރެއްވީ ޝަކީލްއެވެ.
ޝަކީލް އީސީގެ މެންބަރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ މިމަހު 24 ވަނަ ދުވަހުއެވެ.
ޝަކީލް މީގެކުރިންވެސް ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު އަދާކުރައްވާފަ އެވެ.
އީސީގެ މެންބަރުންގެ ގޮތުގައި ޝަކީލްގެ އިތުރުން މިހާރު ތިބީ:
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު - ކޮމިޝަންގެ ނައިބު ރައީސް
ޙަސަން ޒަކަރިއްޔާ - ކޮމިޝަންގެ މެންބަރު
ޢަބްދުލްޙަސީބު އިސްމާޢީލް - ކޮމިޝަންގެ މެންބަރު
ރިފްޢަތު ޢަބްދުالله - ކޮމިޝަންގެ މެންބަރު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް