ނައިފަރު ކައިރީ މަހަށް ގޮސް އުޅުނު މީހެއްގެ ފަޔަށް ތޮޅިއެެއްގެ ތުން ހެރިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނައިފަރު ކައިރީ މަސް ބާނަން އުޅުނު މީހެއްގެ ފަޔަށް ތޮޅިއެެއްގެ ތުން ހެރިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތުން ހެރިފައިވަނީ ފަތުރުވެރިއެއްގެ ފަޔަށެވެ.
އެ ފަތުރުވެރިޔާ ކުޑަކަޅުވާ މަސްގަނޑަށް ހެރިފައިވަނީ ކަށިނޫތޮޅި އެއްގެ ތުނބެވެ.
ޅ އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ”ވޮއިސް“ އަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އަދި ހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާ، އޭނާއަށް ހޮސްލިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެއަށް ފޮނުވާލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް