ސިވިލް ކޯޓުގެ ގާޒީ އިހުސާން ދެ މަހަށް ސަސްޕެންޑުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ދެ މަހަށް ސަސްޕެންޑުކޮށްފި އެވެ.
އެ ނިންމުން ޖޭއެސްސީން ވަނީ އާންމުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ގާޒީ އިހުސާނާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ. އެ ނިންމުން ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގަ އެވެ.
ގާޒީ އަބްދުﷲ އިހުސާނަކީ ލެގޫންސް މައްސަލާގައި ދަންވަރު ވަގުތު ކޯޓް އަމުރު ނެރުއްވި ފަނޑިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް