ފެންފުށީ އައުޓްޑޯ ޖިމް- ފޮޓޯ/ އެޗްޑީސީ
ފެންފުށީ އައުޓްޑޯ ޖިމް- ފޮޓޯ/ އެޗްޑީސީ
ހަބަރު 27 Sep 2026 | 08:20

އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި

ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން ރާއްޖޭގެ އަތޮޅުތެރޭގައި ބެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ އައުޓްޑޯ ޖިމް މަޝްރޫޢުގެ ތެރެއިން ހަތް ރަށެއްގެ މަސައްކަތް ފުރިހަމަކޮށް ނިންމައިފިއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އެޗްޑީސީން ކުރަމުން ގެންދާ މި މަސައްކަތުގައި ޒަމާނީ ފެންވަރު ރަނގަޅު އިކުއިޕްމަންޓް ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިހާތަނަށް ޖިމް ގާއިމުކޮށް ނިމިފައިވާ ރަށްތަކަކީ؛

އއ. ފެރިދޫ

އއ. އުކުޅަސް

އދ. ދިގުރަށް

އދ. ފެންފުށި

އދ. މާމިގިލި

އދ. މަންދޫ

ބ. ގޮއިދޫ

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދެވެ.

މި ރަށްތަކުގައި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަސައްކަތް، ކުޅިވަރާ ބެހޭ ވުޒާރާއިން އެޗްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މިހާތަނަށް މަސައްކަތް ނިމިފައިވާ ރަށްތަކުގެ ޖިމްތައް، އެ ރަށެއްގެ ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.