ތަބަކާ ދެކޮޅު ކެންޕެއިން: ޑިމޮކްރަސީގެ މަގަށް މަޖިލިސް އިންތިހާބު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަކަށް ބަދަލުވި ފަހުން މިހާތަނަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައި ވަނީ ގިނަ ޕާޓީތަކަކާއެކު ހެދިފައިވާ ކޯލިޝަން ތަކަކުންނެވެ.
މިގޮތަށް ހެދިފައިވާ ކޮންމެ ކޯލިޝަނަކީ ވެރިކަން ލިބުމަށްފަހު އެހާމެ އަވަހަށް ރޫޅި ވިއްސި ވިހާލިވާ އެެއްޗަކަށްވެސް ވަނީ ވެފައެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބާ އިއްތިހާދުވި ޕާޓީތައް އިއްތިހާދު ވެފައިވަނީ އިހު ކުރެވުނު ތަޖުރިބާގެ މައްޗައް ބިނާކޮށް ވަރަށް ހިކްމަތްތެރި ކަމާއެކުއެވެ.
އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބު މިވަނީ ބޮޑު އަގުލަބިއްޔަތަކުން އިއްތިހާދުން ކާމިޔާބުކޮށްފައެވެ. ޕާޓީ ތަކުގެ ލީޑަރުން ގެ ސާބިތުކަން ފެނި ރައްޔިތުންގެ ހިތުގައި އުންމީދު އާލާވިއެވެ.
ކޯލިޝަންގެ މި އުންމީދީ އެއްބައިވަންތަ ކަމުގެ ސަރުކާރުގައި ފުރަތަމަ އެޅުނު ރެނދަކަށްވީ މަޖިލިސް "12" މެންބަރުންނަށް ތަބަކަކަށް ލާފައި މެންބަރުކަން ދިނުމަށް ރައީސް ނަޝީދާއި، ރައީސް މައުމޫން އެންޑޯޒް ކުރެއްވުމުންނެވެ. ރައީސް ނަޝީދު ފަހުން ވަނީ މިކަމުގައި ރެކި ވަޑައިގެންފައެވެ.
އެއާއެކު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އާންމު މެންބަރުން ގެ ނުރުހުން ވަރަށް ބޮޑަށް ކޯލިޝަންއަށް ރައްދުވެގެން ދިޔައެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓާ ޕާޓީއަކަށް ވެފައި، ޑިމޮކްރަސީއާއި މިހާ ބީރައްޓެހި ޑީލެއް ރައްޔިތުން ބަލައިގަންނާކަށް މިފަހަރަކު ބޭނުމެއް ނުވިއެވެ. އެއީ ޕާޓީގެ ރޫހާނީ ލީޑަރު ނިންމި ކަމެއްކަމުގައި ވިޔަސްމެއެވެ.
ބޯމަތިވެގެން އަންނަ މަޖިލިސް އިންތިހާބަށް ގޮތެއް ނުނިމި ދިގުލައިގެން ގޮސް ރޭ މިވަނީ އެމްޑީޕީން ގޮތް ނިންމާފައެވެ. ކޮންމެ ރައްޔިތަކަށް އެމީހަކު ބޭނުން ދާއިރާއަކަށް ނިކުމެވޭ ގޮތް މިވަނީ ވެގެން ގޮސްފައެވެ.
ރަބަކަށް ލާފައި އެއްވެސް މީހަކަށް ގޮނޑި އެރުވުމެއް ނެތެވެ. ޕާޓީގެ ޓިކެޓަކީ ވެސް ޕްރައިމެރީން ވާދަކޮށްގެން ލިބޭ އެެއްޗަކަށް ވެގެން ދިޔައީއެވެ. ކޯލިޝަންގެ ތެރެއަށް އިއްޔެ މެންދުރު ފުންމާލި "ބޯވަ" ތަކަށް ކޯލިޝަންގެ ސްލޮޓް ދިނުމުގެ ދޮރުވެސް ބަންދުވެގެން ދިޔައީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް