ފ.ނިލަންދޫ.. ފޮޓޯ؛ މޯލްޑިވްސް މެގަޒިން
ފ.ނިލަންދޫ.. ފޮޓޯ؛ މޯލްޑިވްސް މެގަޒިން
ހަބަރު 29 Jan 2026 | 19:09

ފ.ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނޭ ބަޔަކު ހޯދަނީ

ފ.އަތޮޅު ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤކޮށް ހިންގާނޭ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެތްކުރި އިއުލާނުގައި ވާގޮތުން ނިލަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވަނީ، މަދުވގެން 50 އެނދުގެ ހޮޓަލެކެވެ. ނިލަންދޫގައި ހޮޓާ ތަރައްޤީކުރުމަށް 13,300 (ތޭރަހާސް ތިންސަތޭކަ) އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލްމަހުގެ އެއްވަނަ ދުވަހެވެ.

ހޮޓާ ތަރައްޤީކުރުމަށް ބިން ދިނުމަށް ނިންމާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 50 އަހަރަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަހުގެ ނެރޭގައި ހޮތަލުގެ އަމަލީ މަސައްކަތް ފަށަންޖެހެެވެ.

އެއްބަސްވުމުގައި ވާގޮތުން ހޮޓާ ތަރައްޤީކުރުމަށް ދޭ ބިން ދޫކުރުމަށް ނިންމާފައިވަނީ އަހަރަކަށް 53،200 ޑޮލަރަށެވެ. މަޝްރޫޢުގެ ދަށުން އިޖުތިމާއީ ކަންކަމަށް 20000 ޑޮލަރު ހޭދަކުރަންޖެހެއެވެެ.

ނިލންދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެއާޕޯޓް އަޅަން ހަމަޖެއްސި ސަރަހައްދު ވަނީ ހިއްކައި ނިންމާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.