އާރުޑީސީން މާމިގިލީގެ މަގުތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން އދ. މާމިގިލީގެ މަގުތަކުގެ މަސައްކަތް ބާރު ސްޕީޑްގައި، ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށް ބުނެފި އެވެ.
އެގޮތުން އެކުންފުނިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެގޮތުން މިހާރު ކުރިއަށްދަނީ އެރަށު ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތުގެ އިތުރުން ބެކް ފިލިންގގެ މަސައްކަތްކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު އެރަށު މަގު ހެދުމުގެ ފުރުތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް އާރުޑީސީން ވަނީ ފަށައިފަ އެވެ.
އެގޮތުން މާމިގިލީ މަގު ހެދުމުގެ ފުރުތަމަ ފިޔަވަހީގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާފައިވެއެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ.
މި މަޝްރޫއުއަށް ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އާރުޑީސީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް