ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ހޯދަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން އެހެން ބުނީ ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު މީހަކު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.
އެކަންކުރި ސަބަބާއި ގުޅޭގޮތުން ސުވާލުކުރުމުން ކައުންސިލްގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ގަސް ކެނޑީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށެވެ.
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް