ސިވިލް ސާރވިސް ކޮމިޝަނަށް އާމިރާ އައްޔަންކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުސްވެފައިވާ ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ފާތިމަތު އާމިރާ އައްޔަންކުރައްވައިފިއެވެ.
އާމިރާ މަގާމަށް އައްޔަންކުރައްވައި މިއަދުގެ ވަގުތެއްގައި ވަނީ މަގާމުގެ ފަތްކޮޅު ދެއްވާފައެވެ. އެކަމަނާ ހުވާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިމަތިފުޅުގައެވެ.
އާމިރާއަށް މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ
ކޮމިޝަނުގެ މެންބަރު ކަމަށް އާމިރާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 71 މެންބަރުންގެ ވޯޓުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް