ޖަޕާންގެ ސަފީރަކަށް މަހުލޫފު އައްޔަންކުރަން މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އަހުމަދު މަހުލޫފު އައްޔަންކުރުމާމެދު މެންބަރުންގެ ރުހުން ހޯދަން މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެގޮތުން އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު، އެ ސިޓީގައި ވަނީ މަހުލޫފަށް ރުހުން ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ.
މަހްލޫފްއަށް ޖަޕާނުގެ ސަފީރުކަން ދިނުމަށް މަޖިލީހަށް ނަން ފޮނުވާފަްިވާއިރު، ދާދިފަހުން އޭނާ ވަނީ އެމްޑީޕިން ވަކިވެ، ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ.
އެގޮތުން އޭނާ ޕީއެންސީއާ ގުޅި، ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ފޯމު ހަވާލުކުރެއްވީ ދާދިފަހުން ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް