ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ވޮއިސް ފޮޓޯ
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ވޮއިސް ފޮޓޯ
ހަބަރު 08 Nov 2025 | 10:50

އުސޫލުން ބޭރުން އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ދޭންފެށީ އެމްޑީޕީ ވެރިކަމުގައި: އުމަރު

އުސޫލުން ބޭރުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަޝްރޫޢުތައް ދިނުމުގެ ކުޅިވަރު ފެށީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންނައި ޕާޓީ މީހުންނަށް ސަރުކާރުން ކޮންޓްރެކްޓްތައް ދިނުމުގެ "ކުޅިވަރު ފެށުނީ" 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ޕާޓީގެ ގާތް މީހުންނަށް މަޝްރޫޢުތައް އޭރު ބަހާލާފައިވާކަން އުމަރުގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެއިރެއްގައި އޮންނަ ސަރުކާރާ ގާތްމީހުންނަށް މަޝްރޫޢުތައް ދިނުމަކީ ދެމިގެންއައި ސަގާފަތެއްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ މިއަދުވެސް ކަންކަން ހިނގަނީ ހަމަ އެމަގުންކަމަށެވެ.

[މަޖިލިސް މެންބަރުންގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ މަސައްކަތް ފެށުނީ] ރައީސް ނަޝީދުގެ ވެރިކަމުގައި އެއިރުގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުނި ހެވީ ލޯޑަށް 20 މިލިއަން ޑޮލަރަށް އެވޯޑް ކުރެވުނު ތިލަފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓާއެކުއެވެ. މިކަން ނިމުނީ ޕްރޮޖެކްޓް ފެއިލްވެ، އެހެން ޕާޓީއެއް ސަރުކާރަށް އައުމާއެކު ރީކޯ މޫސާ ޕާޓީ ބަދަލުކުރައްވައި، އެކަމުގެ އިނާމަކަށް ބަދަލުގެ ގޮތުގައި ލ. އަތޮޅުގެ ބޮޑުހުރާ، ފަރެސް އަދި ކުޑަފަރެސް ހަމަ އެ ކުންފުންޏަށް ދީގެންނެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ހަވާލުކުރި ކަންކަން ކުރިއަށްދާނޭކަން އޭނާ ގަބޫލުނުކުރައްވާކަމަށާއި، އެކަން ފެނިގެންދާނޭކަމަށެވެ.

އުމަރު އެފަދައިން ވިދާޅުވިއިރު، މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލާއި އެކު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު 206 އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ސަރުކާރުން އެ ކުންފުނިތަކާއި އެކު ސޮއި ކުރި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާއެވެ.ޓާ ފައިނޭންސް އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ސަރުކާރުން ބޭނުންވާ ބަޔަކަށް މަންފާ ހޯދައި ދޭން ހަވާލުކުރި މަޝްރޫއުތަކުގެ މައްސަލަ އެމްޑީޕީގެ ވެރިކަމެއްގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ އެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުން 206 އެއްބަސްވުން ހަވާލުކުރި ހުރިހާ ކުންފުންޏަކީ ވެސް  ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިފައިވާ ކުންފުނިތަކެވެ. އަދި އެކުންފުނިތަކާއި އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ  މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވައިފައިވެއެވެ.

އެގޮތުން އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެ އިން އެއްވެސް ކުންފުންޏަކުން މިއަދު ސޮއިކުރި މޭޒާ ހަމައަށް ވެސް ނާދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.