އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި
ހަބަރު 10 Sep 2026 | 17:55

އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް

ގައުމީ އިންޖިނިއަރުން ދުވަހާއި ގުޅިގެން މިރޭ ބޭއްވި "އިންޖިނިއަރސް އެވޯޑް 2026" ގައި އެންމެ ގިނަ އެވޯޑާއެކު ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެެއް ލިބިއްޖެ އެވެ.

މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.

އެގޮތުން ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑާއި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ވަނީ ލިބިފަ އެވެ. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100% އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ.

އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި 

އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބުނީ ރ. ދުވާފަރުގައި ގާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. ދުވާފަރުގެ މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުން، ނަރުދަމާގެ ނިޒާމު، ކުނި މެނޭޖުކުރުން،ކަރަންޓުގެ ޙިދުމަތް، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ މޮޑެލެކެވެ.

އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި 

މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމްޑަބްލިއުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ “އިންޖިނިއާ އޮފް ދަ އިޔާ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” ލިބިފަ އެވެ.

އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި 

އެމްޑަބްލިއުއެސްސީން ބުނީ މިއީ ކުންފުންޏާއި ކުންފުނީގެ ހުރިހާ މުވައްޒަފުކަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. މިއާއެކު މިއަހަރު އެންމެ ގިނަ އެވޯޑު ހޯދި ކުންފުނީގެ ޝަރަފު ފެން ކުންފުނިން ވަނީ ހޯދިފައެވެ.

އެ ކުންފުނިން ބުނީ މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިން ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމަށް އެމްޑަބްލިޔުއެސްސީއިން ދޭ އަހައްމިއްޔަތު ކަމަށެވެ. ހަމައެހެންމެ، މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް މިކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ގާބިލުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ވެސް ބުންޏެވެ.

އިންޖިނިއާސް އެވޯޑްސް ހަފްލާގައި އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ވަނީ ބޮޑު ޝަރަފެއް ލިބިފައި 

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ކަމުގައި އެ ކުންފުނިން ބުނެ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދިނުމުގައި ދެމިތިބުމައް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ވަނީ ޑރ. ފުރުޤާން އިބްރާހީމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.