ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކޮށް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި އެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު, ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މި ރަސްމިއްޔާތުގައި ވަނީ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފަ އެވެ. އާ ނަމާއި ލޯގޯ އިފްތިތާހުކޮށް ދެއްވީ މެޑަމް ސާޖިދާ އެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ހިއްސާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް