އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދުމަށް އެދި ރައީސް މުޢިއްޒު ފޮނުއްވި ސިޓީ އިއްވަވާފައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
އީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އީސީގެ މެންބަރު ކަމުގެ މަގާމަށް ހުޅުވާލާފައިވާއިރު، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޚިޔާރު ކުރެއްވީ ޝަކީލްއެވެ.
ޝަކީލް އީސީގެ މެންބަރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ މިމަހު 24 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް