ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމަ އަވަހާރަވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދުގެ މަންމަ، ޒަމީރާ އުމަރު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރާ އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުގައެވެ.
އަދި އަވަހާރަވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުން 82 އަހަރެވެ.
ޒަމީރާ އުމަރަކީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.
ޒަމީރާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ޢާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް