އެއާރޕޯޓްގެ މުވަޒަފުންގެ ފެރީ ދަތުރު ނިމުމަކަށް: މުވައްޒަފުންނަށް ހިލޭ ޕާކްކުރެވޭގޮތް ހަމަޖައްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރެވޭނެ މުވައްޒަފުންނަށް ހިލޭ ޕާކްކުރެވޭނެ ގޮތް ހަމަޖައްސައި، އެކަން ކުރާނެ ސަރަހައްދެއް، ހުޅުލޭގައި މިއަދު ހުޅުވައިފިއެވެ.
މުވައްޒަފުންގެ ޕާކިންގް އޭރިޔާ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވާފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ މިއަދު ތައާރަފްކުރެވުނު ހިދުމަތުގައި 700 ފަރާތަށް ޖާގަ އޮންނާނެކަމަށެވެ. މިކަމުގެ ސަބަބުން މިހާރު ޕާކު ކުރަން މުވައްޒަފުން ދައްކާ 10ރ. ނުދައްކައި ހިލޭ ޕާކު ކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ހަމަޖެހުމުން އެއާޕޯޓުގައި އެކި ޝިފްޓަށް އަންނަ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އެއަރޕޯޓުގެ މުވައްޒަފުންނަށް ހިލޭ ޕާކުކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް