ކެރެޓް ހަލްވާ
ކެރެޓް ހަލްވާ
ލައިފްސްޓައިލް 25 Jul 2025 | 06:32

މިއަދު މެންދުރަށް އިންޑިއަން ސްޓައިލްގެ ކެރެޓް ހަލްވާ ކިހިނެއް ވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކެރެޓް ހަލްވާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ފޮނި ކެއުމެކެވެ. އެހެންކަމުން މިއަދު ”ވޮއިސް“ ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކެރެޓް ހަލްވާ ހަދާނެ ގޮތެވެ.

ބޭނުންވާ ތަކެތި

3 ބޮޑު ކެރެޓް (ހިމުންކޮށް ގާނާފައި)

3 މޭޒުމަތީ ސަމުސާ ގީ

1 ދަޅު ގެރިކިރު

2 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރ

1/2 ސައި ސަމުސާ ވެނީލާ އެސެންސް

1/3 ސައި ސަމުސާ މުގުރި ކާފޫރު ތޮޅި

1/3 ޖޯޑު ކެޝޫނަޓް (ކުދި ކޮށް ކޮށާފައި)

1/3 ޖޯޑު ހިކި މޭބިސްކަދުރު

1/2 ޖޯޑު ފުލްކްރީމް މިލްކް

ތައްޔާރުކުރާނެ ގޮތް

1) އެއް ސަމުސާ ގީ ގެ ތެރޭގައި ނަޓްސްތައް ފްރައި ކޮށްލާށެެވެ. ކެޝޫނަޓާއި ހިކި މޭބިސްކަދުރު ފްރައި ކުރާނީ ވަކިވަކިންނެވެ. ދެން އެ ތަވައަކަށް ބާކީ ދެ ސަމުސާ ގީ ފޮދު އެޅުމަށްފަހު، ގާނާފައި ހުރި ކެރެޓް ކޮޅު އެއަށް އަޅާލައި، ގީ ގެ ތެރޭގައި ކެރެޓްކޮޅު މަޑުވަންދެން ކައްކާލާށެވެ. ކެރެޓް މަޑުވުމުން ކެރެޓްގެ ކުލަ ތަންކޮޅެއް ގަދަ ކުލައަކަށް ބަދަލުވާނެ އެވެ.

2) ކެރެޓް މަޑު ވުމުން ގެރިކިރު ދަޅު އެއްކޮށް އަޅާލުމަށްފަހު ރަނގަޅަށް ހަލުވާލާށެވެ.

3) ދެން 1/2 ޖޯޑު ފުލްކްރީމް މިލްކްގެ ތެރެއަށް ކަސްޓަޑް އަޅައި ގިރާލުމަށްފަހު، އެ މިކްސްޗަރ ކެރެޓްކޮޅުގެ ތެރެއަށް އަޅާލާށެވެ.

4) ހަލްވާ ކޮޅު އޮލަ ވުމުން ވެނީލާ އެސެންސް، ކާފޫރު ތޮޅި އަދި ނަޓްސް އަޅައި އެކުލަވާލުމަށްފަހު އުނދުން ނިއްވާލާށެވެ.

5) ދެން ޓްރޭ އަކަށް ހަލްވާ އަޅާފައި އޭގެ މައްޗަށް ގާނިޝް ކޮށްލަން ނަޓްސް ކޮޅެއް އަޅާލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...