މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން، ރ.ވާދޫގައި ސޯލާ ޕެނަލްތައް ހަރުކުރަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން، ރ.ވާދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވާދޫގެ ބައެއް ގެތަކުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހިއްސާކޮށްފައެވެ. މަގޭ ސޯލާ ޕްރޮގްރާމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ވާދޫއަކީ މަގޭ ސޯލާ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމި ރަށްތަކުގެ ތެރެއިން ރަށެކެވެ. ރ. ވާދޫއަށް ބޭނުންވާ ހުރިހާ ހަކަތައެއް ސޯލާ މެދުވެރިކޮށް އުފައްދައި އަދި އެ ރަށަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް