އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
ތާރިޤް އެ މަގާމަށް އައްޔަނު ކުރުމަށްއެދި ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމް ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.
މި ސަރުކާރުގެ ތިމާވެއްޓާއި ފަތުވެރިކަމާ ބެހޭ ވަޒީރު ކަމުގައި ހުންނެވުމަށްފަހު ޠާރިގު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސްގެ އެދިލެއްވުމަށް، ކެބިނެޓަށް އެމަނިކުފާނު ގެންނަވަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށް އޭރު ރައީސް އޮފީހުން ބުނެފައިވެއެވެ.
އެފަހުން ޠާރިޤު ވަނީ ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކަމުގެ މަގާމަށް އައްޔަނު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް