ރައީސް ނަޝީދު ކޮޕް ސަމިޓަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕޮލެންޑަށް ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިއަދު ހެނދުނު ޕޮލެންޑަށް ފުރާވަޑައިގެންނެވީ އދ. ގެ ތިމާވެށްޓާ ބެހޭ މުއާހަދާ، ކޮޕް ސަމިޓްގެ 24 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޕޮލެންޑަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށާއި ކުދި ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ބޮޑަށް ފާހަގަކުރުމަށް މި ސަމިޓްގައި މަސައްކަތް ކުރައްވާނެކަމަށާއި އަދި އެކަމުގައި އެގައުމުތަކަށް އެހީތެރިކަން ލިބޭނެގޮތްވެސް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ މިފަދަ ފޯރަމްތަކުގައި ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް ވަކާލާތުކުރައްވައި އދ.ގެ ޗެމްޕިއަން އޮފް ފަ އާތް ފަދަ އެވޯޑްތައްވެސް ހޯއްދަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް