އާރުޑީސީން ތިމަރަފުށި ސްކޫލްގެ ވަށާފާރު ރާނައިދެނީ
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ތ.އަތޮޅު ތިމަރަފުށީ ސްކޫލްގެ ވަށާފާރު ރާނައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެކުންފުނިން މި މަސައްކަތް ކުރަނީ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.
އާރުޑީސީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސުކޫލްގެ ވަށާފާރަށް ބޭނުންވާ ކޮންކްރީޓް ބީމް އެޅުން އަދި ބީމް ޝަޓަރިންގގެ މަސައްކަތް ކަމަށެވެ.
އާރު.ޑީ.ސީއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގުމުގެ އިތުރުން، އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި މަސައްކަތްކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް