އެމްއެމްއޭގެ އެތެރޭގެ ޚާއްސަ އޮޑިޓެއް ކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން އެމްއެމްއޭގެ އިހުމާލެއް ވޭތޯ ބެލުމަށް އެ އިދާރާގެ އެތެރޭގެ ޚާއްސަ އޮޑިޓެއް ކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރނަރ އަހުމަދު ނަސީރުއެވެ. ނަސީރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެމްއެމްއޭގެ ތެރެއިން ހިންގާފައިވާ ކަންކަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ކުރުމަށް ބީލަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ގަވަރނަރ ވަނީ ވިދާޅުވެފައެވެ.
ގަވަރނަރ ވިދާޅުވީ ދައުލަތުގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާއެއް އެހެންފަރާތެއްގެ އެކައުންޓަށް ވަދެފައިވަނީ ބޭންކިންގް ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ.
މި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަސީރު ވިދާޅުވީ ސިފައިންގޭގައި ފައިސާ ރައްކާކުރާނެ ތަނެއް ހެދިކަމުގެ މައުލޫމާތު އެމްއެމްއޭއަށް ލިބިފައިނުވާ ކަމަށެވެ.
އަދި އެފަދަ ކަމެއް ހިނގައިފާވާނަމަ ހިނގީ ވަރަށް ގިނަ މުއައްސަސާތަކުގެ އިހުމާލު އޮވެގެންކަމަށް ނަސީރުވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް