ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ. ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ އެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހުނެވެ. އެންމެ ބޮޑަށް ފިހުނީ އަންހެން މީހާ އެވެ.
އެއީ އެ ރަށު އަންބަރީގެ އައިޝަތު ރިފްޤާ އެވެ. ރިފްޤާ މިރޭ ވަނީ ނިޔާވެފަ އެވެ. ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. ރިފްޤާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނެވެ.
ރިފްޤާ ނިޔާވީ އިންޑިއާގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަނިކޮށެވެ.
އަލިފާނުގެ އެ ހާދިސާ ހިނގި ސަބަބު ސާފެއް ނުވެ އެވެ. ދެ މީހުންގެ ހަށިގަނޑު އެހާ ބޮޑަށް ފިހުނުއިރު އެވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް