ހާލަންޑްގެ ފޮޓޯއެއް
ހާލަންޑްގެ ފޮޓޯއެއް
ކުޅިވަރު 14 Jul 2026 | 09:01

ވޯލްޑް ކަޕް ނިންމައި ހާލަންޑް ގައުމަށް ދިޔައީ ޓެކްސިޑަރމީ ރެކޫނަކާއެކު

ނޯވޭގެ ފޯވަޑް އާލިން ހާލަންޑް ވޯލްޑް ކަޕު ނިންމައި އެނބުރި ޤައުމަށް އައިއިރު 750 ޑޮލަރުގެ ޓެކްސިޑަރމީ ރެކޫނެއް ހިފައިގެން އައުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އިނގިރޭސިވިލާތާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ނޯވޭ ބަލިވުމުން ހާލަންޑް ގައުމަށް ދިޔައީ އާދިއްތަ ދުވަހުއެވެ. ހޯމަ ދުވަހު އޮސްލޯގެ ގާޑަރމޮއެން އެއާޕޯޓުން ފައިބައިގެން އައިއިރު އޭނާގެ އެއް އަތުގައި ރެކޫނު އަދި އަނެއް އަތުގައި ޑޮލްޗޭ އެންޑް ގަބާނާގެ ޓޯޓް ބޭގެއް ވެއެވެ.

ރެކޫނާ ބެހޭ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ސަމާސާ ގޮތަކަށް "އޭތި އޭނާގެ ފަހަތުން އައީ" ކަމަށް ހާލަންޑް ބުނެފައިވެއެވެ.

މި ރެކޫނަކީ ޑަލަސްގައި ހުންނަ ވައިލްޑް ބިލްސް ވެސްޓަން ސްޓޯރ ކިޔާ ފެމިލީއަކުން ހިންގާ ފިހާރައަކުން ހޯދި އެއްޗެއް ކަމަށާއި ޖުލައި މަހުގެ ކުރީކޮޅު ހާލަންޑް އެ ފިހާރައަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ފިހާރައިގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފިހާރައިގެ ވެބްސައިޓުގައިވާ ގޮތުން އެ ފިހާރައަކީ 40 އަހަރަށްވުރެ ގިނަ ދުވަހު ހިންގަމުން އަންނަ ފިހާރައެކެވެ.

މެންޗެސްޓާ ސިޓީގެ 25 އަހަރުގެ ފޯވަޑް ހާލަންޑަކީ ގޯލް ޖެހުމުގެ ހުނަރާއެކު ފެޝަން ސްޓައިލުންވެސް ސޯޝަލް މީޑިއާ ސަމާލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އެކިއެކި ނަން މަޝްހޫރު ބްރޭންޑްތަކުގެ ލަގްޒަރީ އައިޓަމްތައް އޭނާ ގެންގުޅެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން: ރެފްރީން
14 Sep 2026 ކުޅިވަރު

ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން: ރެފްރީން

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅެ 1-0 އިން މޮޅުވި ޑާބީ މެޗުގައި އާލިން ހާލަންޑު ކާމިޔާބުކުރި ގޯލް ވީއޭއާރުން ސައްޙަ ގޯލެއް ކަމަށް ކަނޑައެޅުނީ ކުށަކުން ކަމަށް ޕްރޮފެޝަނަލް ގޭމް ރެފްރީ...

އިންފަންޓީނޯ އުޅެނީ އަމިއްލަ ޖީބު ބޮޑުކުރުމަށް؛ ވަގުތުން ވަގުތައް އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
06 Aug 2026 ކުޅިވަރު

އިންފަންޓީނޯ އުޅެނީ އަމިއްލަ ޖީބު ބޮޑުކުރުމަށް؛ ވަގުތުން ވަގުތައް އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ...

ވަރލްޑްކަޕާ ގުޅުންހުރި އާޖެންޓީނާގެ މައްސަލަތަކެއް ފީފާއިން ބަލަން ފަށައިފި
30 Jul 2026 ކުޅިވަރު

ވަރލްޑްކަޕާ ގުޅުންހުރި އާޖެންޓީނާގެ މައްސަލަތަކެއް ފީފާއިން ބަލަން ފަށައިފި

ވަރލްޑް ކަޕް މުބާރާތުގެ ތެރޭގައި ފީފާގެ އެކި ގަވާއިދުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އާޖެންޓީނާގެ ޓީމާ ދެކޮޅަށް އަދަބީ ފިޔަވަޅު އެޅުމުގެ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ފީފާއި...

ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން އެމެރިކާއަށް ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
28 Jul 2026 ކުޅިވަރު

ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން އެމެރިކާއަށް ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް

މި އަހަރު އެމެރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ފައިނަލް ކާމިޔާބުކޮށް ތަށި އުފުލާލި ސްޕެއިން ޓީމަށް، އިނާމުގެ ގޮތުގައި ލިބުނު 50 މިލިއަން ޑޮލަރުން އެމެރިކާގެ ސަރުކާރަށް ބޮޑު ޓެކްސެއް ދައްކަނ...

ވޯލްޑް ކަޕް ފައިނަލުން ބަލިވުމުން އާޖެންޓީނާގެ ސަޕޯޓަރުން ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފި
21 Jul 2026 ކުޅިވަރު

ވޯލްޑް ކަޕް ފައިނަލުން ބަލިވުމުން އާޖެންޓީނާގެ ސަޕޯޓަރުން ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފި

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުންނެއް އާދީއްތަ ދުވަހުގެ ރޭ ބިއުނަސް އައިރެސްގެ މަގުތަކަށް ނުކުމެ ފުލުހުންނަށް ހަ...

ވޯލްޑް ކަޕް ފައިނަލް މެޗުން ބަލިވުމުން އާޖެންޓީނާ ކުޅުންތެރިން ތަޅާފޮޅި މައްސަލަ ފީފާއިން ބަލަނީ
21 Jul 2026 ކުޅިވަރު

ވޯލްޑް ކަޕް ފައިނަލް މެޗުން ބަލިވުމުން އާޖެންޓީނާ ކުޅުންތެރިން ތަޅާފޮޅި މައްސަލަ ފީފާއިން ބަލަނީ

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުން ސްޕެއިން އަތުން 1-0 އިން ބަލިވުމަށްފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ދެއްކި ނޭދެވޭ އަމަލުތައް ދުނިޔޭގ...