ހަމަލާދޭން ރާއްޖޭގެ އެއްވެސް ތަނެއް ނުދޭނެ، އަސްކަރީގޮތުން ނުރައްކަލެއް ނެތް: ޣައްސާން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ވަޒަން ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ޣައްސާން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އަމަލު ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް