ކުޅުދުއްފުށީ އެއާޕޯޓާ ދިމާ ތޮށިގަނޑަށް ލޯންޗެއް އަރައި ގެއްލުންވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހދ. ކުޅުދުއްފުށީ އެއާޕޯޓާ ދިމާ ތޮށިގަނޑަށް ލޯންޗެއް އަރައި ގެއްލުންވެއްޖެ އެވެ.
ތޮށިގަނޑަށް އެރީ "ތަރާނާ" ނަމަކަށް ކިޔާ ލޯންޗެކެވެ. އެއީ ހދ. ނޮޅިވަރަމް ލޯންޗެކެވެ.
ލޯންޗު, ތޮށިގަނޑަށް އެރީ އިންޖީނު ހުއްޓުމާއި ގުޅިގެން ލޯންޗު އޮއިގަނޑުގައި ޖެހިގެންނެވެ. އެ ސަރަހައްދަކީ މި މޫސުމުގައި ވަރަށް ގަދަ ސަރަހައްދެކެވެ.
މި ހާދިސާ ހިނގީ މިއަދު ހަވީރު ފަހެއް ޖަަހަން ކައިރިވެފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް