ގުޅީފަޅު އެފްޑީސީގެ ދަށަށް ބަދަލުކުރަނީ
މާޅެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ކ. ގުޅީފަޅު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިހާރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުގައި އޮތް ގުޅީފަޅު އެފްޑީސީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
އެގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި، ގުޅީފަޅާއި ގުޅިގެން ހަދާފައިވާ އެގްރިމަންޓުތައް ރިވިއު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
އެފްޑީސީގެ ދަށަށް ގުޅީފަޅު ބަދަލުކުރުމަށް ނިންމާފައިވާއިރު، އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް