ފާމަސީ ދާއިރާ ކުރިއެރުވުމަށް ސްޓޭޓް ފާމާ މެނޭޖްމަންޓުން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފާމަސިސްޓުން ތަމްރީނުކުރުމާއި ފާމަސީ ދާއިރާއަށް ޝައުޤުވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާފާ މެނޭޖްމަންޓުން ވިލާ ކޮލެޖާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ފާމަސީ ދާއިރާއިން ކިޔަވައި ނިމޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ. އޭގެ އިތުރުން މިހާރު އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރު އާ ކުރުމަށް ރިފްރެޝާ ކޯސްތައް ހިންގުމުގައި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށް ދެވޭނެ ގޮތްތައް ވެސް ބައްދަލުވުމުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ.
ސްޓޭޓް ފާފާ މެނޭޖްމަންޓުން ބުނީ ދިވެހި ޒުވާނުންނަށް އެ ކުންފުނީގެ ދޮރުތައް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ.
މި ބައްދަލުވުމަކީ ފާމަސީ ދާއިރާއިން ދިވެހި ޒުވާނުންނަށް ލިބެން ހުރި ފުރުޞަތުތައް އިތުރުކުރުމަށް ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތުގެ ފެށުމެކެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭސް ހޯދުމާއި މި ދާއިރާ ތަރައްޤީ ކުރުމަށް ސްޓޭޓް ފާމާއިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާ އާއެކު ބައްދަލުވުމެއް ބާއްވައި ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމުގެ ކަންކަމާ ގުޅޭގޮތުން ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް