ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް ނިޔާވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ އަލީ ސާމިން ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައި ވަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހުނެވެ. އެންމެ ބޮޑަށް ފިހުނީ އަންހެން މީހާ އެވެ.
އެއީ އެ ރަށު އަންބަރީގެ އައިޝަތު ރިފްޤާ އެވެ. ރިފްޤާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފަ އެވެ. ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. ރިފްޤާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނެވެ.
އިތުރު ފަރުވާއަށް ސާމިން އިންޑިއާއަށް ގެންދިޔައީ އޭގެ ފަހުންނެވެ.
އަލިފާނުގެ އެ ހާދިސާ ހިނގި ސަބަބު ސާފެއް ނުވެ އެވެ. ދެ މީހުންގެ ހަށިގަނޑު އެހާ ބޮޑަށް ފިހުނުއިރު އެވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް