ފެނަކަ ކޯޕަރޭޝަން -- ފޮޓޯ: ވޮއިސް
ފެނަކަ ކޯޕަރޭޝަން -- ފޮޓޯ: ވޮއިސް
ހަބަރު 21 Sep 2025 | 12:02

ކެއުމުގެ ބިލުތަކަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް ޙުކުމްކޮށްފި

މިދިޔަ ސަރުކާރުގައި ށ. މިލަންދޫގައި ޤާއިމްކުރަމުންދިޔަ ފެނަކައިގެ އައު އިންޖީނުގޭގެ މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް ކެއިން ބުއިން ފޯރުކޮށްދިނުމުގައި އުޅުނު ފަރާތަށް، އެ ބިލުތަކަށްވާ މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެނަކައިން އާރްޑީއެން އިންވެސްޓްމެންޓް ނަމަކަށް މިޔާ ކުންފުންޏަކާއެކު، ށ. މިލަންދޫގައި ޤާއިމްކުރަމުންދިޔަ ފެނަކައިގެ އައު އިންޖީނުގޭގެ މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް ކެއިން ބުއިން ފޯރުކޮށްދިނުމުގައި ވަނީ ސޮއިކޮށްފައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ފެނަކައިން އެ ޚިދުމަތްތަކަށް ފައިސާ ދައްކައިފައިނުވާ ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ބުންޏެވެ.

އެގޮތުން އެ ޙުކުމުގައި ބުނީ، މިލަންދޫގައި ހިންގާ "ވުޑްލޭންޑް ރެސްޓޯރަންޓް" އިން ދީފައިވާ ޚިދުމަތަށް ފެނަކައިން ނުދައްކާހުރި ފައިސާގެ އަދަދު 937,300ރ އަށް އަރާ ކަމަށާއި، އެ ފައިސާ 10 ދުވަހުގެ ތެރޭގައި އެ ރެސްޓޯރަން ހިންގާ އާރްޑީއެން އިންވެސްޓްމެންޓަށް ދެއްކުމަށެވެ.

ސިވިލް ކޯޓުން އެ ޙުކުމް އިއްވި ނަމަވެސް، އެ ޙުކުމް އިއްވައިފައިވަނީ ފެނަކައިގެ ޣައިރު ހާޒިރުގައިކަން ފާހަގަކުރެވެއެވެ. އެގޮތުން ފެނަކައިގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވަނީ މައްސަލައިގެ ލިޔެކިޔުންތަކާއި ހަވާލުވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފެނަކައިން ދަޢުވާއަށް ޖަވާބުދީފައި ނުވާތީކަމަށް އެ ޙުކުމުގައި ބުނެފައިވެއެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ފެނަކަ ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އެގޮތުން ފެނަކައަށް ސިޔާސީ މުވައްޒަފުން ނަގައި، އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި
15 Nov 2026 ވިޔަފާރި

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި

މި ރަށްތަކަކީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކަށް ރަހުނުކޮށްފައިވާ ރަށްތަކެކެވެ.