ޣައްސާން، ޝައިނީ އަދި އާޒިމާ މަޖިލީހަށް ނިކުންނަނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މަައުމޫނު، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އާޒިމާ ޝުކޫރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ތިންބޭފުޅުންނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަހުމަދު ޒުހޫރަށް މިރޭގެ ވަގުތެއްގައި ވަނީ ޕީޕީއެމްގެ މަޖިލިސް ޓިކެޓް ހަވާލުކޮށްފައެވެ. މި ބޭފުޅުންނަށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.
މި ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަށް ބަލާލާއިރު، އާޒިމާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ނ.ހޮޅުދޫ ދާއިރާއަށެވެ. ޣައްސާން މައުމޫންއަށް ޓިކެޓް ދިނީ ތ. ގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށްޓަކައެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަހުމަދު ޒުހޫރަށް ޓިކެޓް ދީފައިވަނީ އެމަނިކުފާނުގެ އުފަންރަށްކަމުގައިވާ ގދ. ތިނަދޫގެ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށެވެ. ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޓިކެޓް ދީފައިވަނީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށެވެ.
މިރޭ ޕީޕީއެމްއިން ވަނީ ޕްރައިމެރީއަކާނުލައި 18 ފަރާތަކަށް ޓިކެޓްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް