ވ.ފެލިދޫއިން އައިޑީކާޑު ދޫކުރުން ފެށުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ވ.ފެލިދޫއިން އައިޑީކާޑު ދޫކުރުން ފެށުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު 19 Sep 2025 | 17:04

ރައީސް ވިދާޅުވި މުއްދަތަށްވުރެ އަވަހަށް، ހުރިހާ އަތޮޅަކުން އައިޑީކާޑު ލިބޭނޭ އިންތިޒާމު ހަމަޖައްސައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ހައްދައިދިނުމުގެ އިންތިޒާމް ގާއިމްކޮށް ނިންމުމަށް ސަރުކާރުން ހިސާބުޖެހި މުއްދަތަށްވުރެ އަވަހަށް އެކަންކޮށް ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމަވާނޭ ކަމަށެވެ. ސަރުކާރުން މިއަދު ވަނީ ވ.އަތޮޅު ފެލިދޫގައި އައިޑީކާޑު ހެދުމުގެ އިންތިޒާމް ހަމަޖައްސައި ރަސްމީކޮށް އެރަށުން އައިޑީކާޑް ހައްދައިދޭން ފަށާފައެވެ.

ފެލިދޫން އައިޑީކާޑު ދޫކުރުން ފައްޓަވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ވ އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ފެލިދޫއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އައިޑީކާޑް ދޫކުރުން ރަސްމީކޮށް ފައްޓައިވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

ފެލިދޫ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ކޮންމެ އަތޮޅަކުންވެސް އައިޑީކާޑު ދޫކުރަމުންދާނޭކަމަށާއި، އަންނަމަސް ނިމުމުގެ ކުރިން ކޮންމެ އަތޮޅަކުން ޕާސްޕޯޓް ދޫކުރަންވެސް ފެށޭނޭކަމަށެވެ. އެހެންކަމުން މި ވައުދުވެސް ނިމިގެން މިދިޔައީ ކަނޑައެޅި ތާރީހަށްވުރެ ދެމަސްދުވަސް ކުރިންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގައި މި ވާ ގޮތަކީ މާލެއަށް ހުރިހާ ކަމެއްގައި ބަރޯސާވާން މިޖެހެނީ. މިއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އެހެންވީމާ އޭޓީއެމް ވެސް ކޮންމެ ރަށެއްގައި މި ހަދަނީ.

ރައީސް ވިދާޅުވިއެވެ

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންނާ ވީހާވެސް ކައިރިން ފޯރުކޮށްދިނުމަކީ އެމަނިކްފާނު އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. އެގޮތުން ހުރިހާ ކަމެއްވެސް ވީ ވައުދާ އެއްގޮތަށް ކުރިއަށްދާނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...