އާންމުންގެ ފާޑުކިޔުމަށް ބެލުމެއްނެތި ހޯރައިއްބެ ދޫކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުޑަކުއްޖަކާއި އެކު ބަދުއަޚުލާގީ އަމަލު ހިންގަންއުޅުނުކަމުގެ ކުށް ސާބިތުވެ، ދިހަ އަހަރަށް ޖަލަށްލުމަށް ހުކުމްކުރި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ދޫކޮށްލައިފިއެވެ.
އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެފައި ވަނިކޮށް، ހޯރަ އިއްބެ މިނިވަންކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ހޯރަ އިއްބެއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދިޔަ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދިނީ، ހުކުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ. މައުލޫމާތު ލިބޭގޮތުގައި، އަދަބު ލުއިކޮށްދިނީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.
ހޯރައިއްބެ ދޫކޮށްލާފައިވަނީ އޭނާގެ އަންހެނުން ޒުއްރިއްޔާ އަދި އެމްޑީޕީގެ އެތައް ސޯޝަލް މީޑިޔާ އެކްޓިވިސްޓުން، އޭނާ ދޫކޮށްލުމަށް އެދި ކެމްޕެއިން ކުރި ފަހުންނެވެ. ނަމަވެސް ހޯރައިއްބެ ދޫކޮށްލުމާއި ދެކޮޅަށް ގިނަބަޔަކު ވަކާލާތުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އިއްބެގެ އަންހެނުން ޒުއްރިއްޔާ ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގަައި އޭނާ ވަނީ އިސްލާމީ ޝަރީއަތުން ދެމީހުންނަށް ދޭންވީ އަދަބެއް ދިނުމަށް އެދިފައެވެ. އެކަމަކު އިއްބެއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެެއްކަމަށް ޒުއްރިއްޔާވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް