އީރާން، ޔޫއޭއީގެ ވައިގެ ސަރަހައްދު..
އީރާން، ޔޫއޭއީގެ ވައިގެ ސަރަހައްދު..
ހަބަރު 28 Feb 2026 | 15:10

ހަމަލާތަކާއެކު މެދުއިރުމަތީގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް

އެމެރިކާ އަދި އިސްރާއީލް ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު މެދުއިރުމަތީގެ މަޝްރަހް ހޫނުވެ، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އީރާންގެ ތެހެރާނަށް ދިން ހަމަލާތަކާއެކު އީރާނުންވެސް ވަނީ ރައްދުގައި އެމެރިކާގެ ބޭސްތައް ޤާއިމްކޮށްފައިވާ ތަންތަނަށް މިސެއިލުން ހަމަލާ ދޭން ފަށާފައެވެ. މެދުއިރުމަތީގެ މަޝްރަހް ހޫނުވުމާ ގުޅިގެން އީރާގް އަދި އީރާނުން ވަނީ އެޤައުމުގެ ވައިގެ ސަރަހައްދުތައް ބަންދުކުިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މެދުއިރުމަތީގެ މަޝްރަހް ހޫނުވުމާއެކު ބައިނަލްއަޤްވާމީ ބައެއް އެއާލައިންތަކުން ވަނީ މެދުއިރުމައްޗަށް ކުރަމުންއައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖަރުމަނުވިލާތުގެ ލުފްތަންސާ ޖަޕާނުގެ ޤައުމީ އެއާލައިން، ވިޒް އެއާ، އަދި އެއ ފްރާންސުން ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ދަތުރުވެރިން އެއާޕޯޓްތަކުގައި ތާށިވެފައިވާއިރު، އެއާލައިންތަކުން ދަނީ އެހެން ރޫޓްތަކުން ދަތުރުތައް ފެށޭތޯ މަސައްކަތްކުރަމުންނެވެ. ތުރުކީ އެއާލައިނުންވެސް ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އުދުހުންތައް ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.

މެދުއިރުމަތީގެ އެއާޕޯޓްތައް ހުއްޓުމަކަށް އައިސްފައިވާއރު، މިކަމުގެ ސަބަބުން އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ދުބާއީ، ތުރުކީ އަދި ޤަތަރުގެ އެއާޕޯޓްތަކަށެވެ. ފްލައިޓް ރާޑަރުން ދައްކާގޮތުގައި މިހާރު މުޅި މެދުއިރުމަތީގެ ވައިގެ ސަރަހައްދު ފެންނަނީ ހުސްކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.