އޭއައިއޭ ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ ފޮޓޯ ގަބޫލެއް ނުކުރެވޭނެ: އިމިގްރޭޝަން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އޭއައިއޭ ބޭނުންކޮށްގެން ފޮޓޯ އެޑިޓްކޮށްފިނަމަ، އެ ފޮޓޯ ބަލައި ނުގަންނާނޭކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ޕާސްޕޯޓް ހައްދަން އެޕްލިކޭޝަން ހުށަހަޅާއިރު ބައެއް ފަރާތްތަކުން އޭއައިއޭ ބޭނުންކޮށްގެން ފޮޓޯ އެޑިޓްކޮށްފައި ހުންނަ މައްސަލަ ވަނީ އިމިގްރޭޝަނަށް ފާހަގަވެފައެވެ. އިމިގްރޭޝަނުން ދަނީ އޭއައިއޭ ބޭނުންކޮށްގެން އެޑިޓްކޮށްފައި ހުންނަ ފޮޓޯ ހިމެނޭ އެޕްލިކޭޝަންތައް ރިޖެކްޓްކޮށް، އޭއައިއޭ ބޭނުންކޮށްގެން ފޮޓޯ އެޑިޓް ނުކުރުމަށް އެދެމުންނެވެ.
މިކަމާ ގުޅިގެން މިއަދު އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ. ޕާސްޕޯޓަކީ މީހާގެ އައިދެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރެޓީ ޑޮކިއުމެންޓަކަށް ވާތީވެ، ފޮޓޯ ހުށަހެޅުމުގައި ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް