މާލޭގެ ބަނދަރުގައި ފަތުރުވެރިންތަކެއް -- ވޮއިސް ފޮޓޯ: މުނާޒް ހުސައިން
މާލޭގެ ބަނދަރުގައި ފަތުރުވެރިންތަކެއް -- ވޮއިސް ފޮޓޯ: މުނާޒް ހުސައިން
ވިޔަފާރި 27 Sep 2025 | 04:31

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްގޮތެއްގައި 6،017 ފަތުރުވެރިން އާދެއެވެ. އެހެން ނަމަވެސް މި ހިނގާ ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި އަންނަނީ 4،895 ފަތުރުވެރިންނެވެ.

އެ ހިސާބުން އެނގޭ ގޮތުން، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 1،594،616 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެހެންކަމުން މިމަހުގެ ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން ބަލާއިރު މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް އަންދާޒާކުރެވެއެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން އެންމެ ފަހުން ނެރެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް ކަމުން، ޖުމްލަ އަދަދު ވަނީ ކަށަވަރުކުރެވޭ ގޮތެއް ނުވެފައެވެ.

އެގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. އެގޮތުން ޗައިނާއިން 253،177 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން ވަނީ 193،109 ފަތުރުވެރިން އައިސްފައެވެ.

ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ 142،270 ފަތުރުވެރިންނެވެ.

މި އަދަދުން ބަލާއިރު އަމާޒަށް ޙާސިލްވާނެ؟

ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުން ބަލާއިރު، ސަރުކާރުން މި އަހަރަށް އަމާޒުހިފައިފައިވާ ލަނޑުދަނޑިކަމުގައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒު ޙާސިލުނުވުން ވެސް ވަރަށް ގާތް ކަމަށް ފެނެއެވެ. އެއީ އަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި އަދަދަށް ބަލާއިރު، ކުރިޔަށް އޮތް ތިން މަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން ދުރުކަމަށް ފެންނާތީއެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2،046،615 ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އެހެން ނަމަވެސް، ކުރިޔަށް ރާއްޖޭގެ ޕީކް ސީޒަން އޮތުމާއެކު ވެސް މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން ވެސް އެކަށީގެންވެއެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީން އޭޕްރީލްގެ ނިޔަލަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،892 ފަތުރުވެރިއަކު އައިސްފައިވާއިރު، އެ އަދަދުން ކުރިޔަށް އޮތް ތިން މަހުގެ ތެރޭގައި ފަތުރުވެރިން އައިސްފިނަމަ ވެސް 2.3 މިލިއަންގެ އަމާޒު ޙާސިލުވުން ފެންނަނީ ކުޑަކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
11 Oct 2026 ހަބަރު

ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ

ޓޫރިޒަމަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 161 މަޝްރޫއެއް ނުނިމި އެބައޮތް ކަމަށާ ކަނޑައެޅިފައިވާ ތާރީހަށް ނުނިމި ދިގުލައިގެންގޮސްފައިވާ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކ...

ޓީޖީއެސްޓީ އިސްލާހުކުރުމަށް ނިންމި ނިންމެވުމަށް މަޓާޓޯއިން މަރުހަބާ ކިޔައިފި
04 Oct 2026 ވިޔަފާރި

ޓީޖީއެސްޓީ އިސްލާހުކުރުމަށް ނިންމި ނިންމެވުމަށް މަޓާޓޯއިން މަރުހަބާ ކިޔައިފި

ޑެސްޓިނޭޝަން ޕްރިންސިޕަލް ޓީޖީއެސްޓީއަށް ޢަމަލުކުރާ އޮނިގަނޑު އިސްލާހުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ...

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަނީ
03 Oct 2026 ހަބަރު

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަނީ

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް އިޞްލާޙުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޤައުމީ ފަތުރުވ...

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން
02 Oct 2026 ހަބަރު

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން

މިދިޔަ ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިދި...

ރިސޯޓްތަކުގެ މުވައްޒަފުންގެ 40 އިންސައްތައަކީ ދިވެހިން: ޞަލާހް ޝިހާބް
29 Sep 2026 ހަބަރު

ރިސޯޓްތަކުގެ މުވައްޒަފުންގެ 40 އިންސައްތައަކީ ދިވެހިން: ޞަލާހް ޝިހާބް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 40 އިންސައްތައަކީ ދިވެހިން ކަމަށް ރިސޯޓްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ވައިސ...

ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
27 Sep 2026 ހަބަރު

ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ

ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދިވެހި ރުފިޔާއަށް މާރުކޮށްގެން ދިނުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ކޮމިޓީ މަރުހަލާގައި ލަސްވާތީ އެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ...