ފަތުރުވެރިންގެ ބަޔަކު މާލޭގައި.. ފޮޓޯ / ވޮއިސް
ފަތުރުވެރިންގެ ބަޔަކު މާލޭގައި.. ފޮޓޯ / ވޮއިސް
ވިޔަފާރި 04 Oct 2026 | 13:29

ޓީޖީއެސްޓީ އިސްލާހުކުރުމަށް ނިންމި ނިންމެވުމަށް މަޓާޓޯއިން މަރުހަބާ ކިޔައިފި

ޑެސްޓިނޭޝަން ޕްރިންސިޕަލް ޓީޖީއެސްޓީއަށް ޢަމަލުކުރާ އޮނިގަނޑު އިސްލާހުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު އެ ނިންމެވުމަށް ތާއީދުކޮށް ޝުކުރު އަދާކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަނެ ފިޔަވަޅު އެޅުމުން އެކަން ފާހަގަކޮށްފައެވެ.  އެ ޓެކްސްއަށް ބަދަލުގެނައުމަށް ނިންމިކަންމި އިއުލާނުކުރެއްވީ، ރޭ ބެއްވި ފަތުރުވެރިކަމުގެ އަހަރީ ހާއްސަ ޖަލްސާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ވަޒީރު ރޭ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތަކާއި ޓްރެވަލް އޭޖެންޓުން ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ސަރުކާރުން އެ ބަދަލު ގެންނެވީ ކަމަށެވެ.

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސުޢޫދު ވިދާޅުވީ މި ނިންމެވުމަކީ ވަރަށް ރަނގަޅު އަދި މުހިންމު ފިޔަވަޅެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބީ ލިބެނީ ސަރުކާރާއި ދާއިރާގެ ފަރާތްތައް ގުޅިގެން މަޝްވަރާގެ މަތީން ކުރިއަށް ދިޔުމުން ކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ ރައްކާތެރިކޮށްދޭ އަދި ހަމައެއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަކީ ވާދަވެރި އަދި ވިއްކަން ފަސޭހަ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކޮށްދޭ ހަމަހަމަ އޮނިގަނޑެއް އެކުލަވާލުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މަޓާޓޯ އޮތީ ތައްޔާރަށް ކަމަށް ސުޢޫދު ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގައި މަޓާޓޯއިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެ ބަދަލުތަކުގެ އަސަރު ދެނެގަތުމަށް މުޅި ސިނާއަތް ޝާމިލުވާ ސާވޭއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި
18 Oct 2026 ހަބަރު

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި

ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
11 Oct 2026 ހަބަރު

ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ

ޓޫރިޒަމަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 161 މަޝްރޫއެއް ނުނިމި އެބައޮތް ކަމަށާ ކަނޑައެޅިފައިވާ ތާރީހަށް ނުނިމި ދިގުލައިގެންގޮސްފައިވާ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކ...

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަނީ
03 Oct 2026 ހަބަރު

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަނީ

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން، ޓީޖީއެސްޓީގެ ޤާނޫނަށް ވަރަށް އަވަހަށް އިޞްލާޙުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޤައުމީ ފަތުރުވ...

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން
02 Oct 2026 ހަބަރު

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން

މިދިޔަ ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިޔާއިން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިދި...