ސާގު ފަނި
ސާގު ފަނި
ލައިފްސްޓައިލް 11 Mar 2024 | 04:11

މިއޮތީ ރޯދައަށް ހުންނައިރު ވަރުބަލިވާ ކުދިންނަށް ހާރު ދަމަށް ދޭނެ ބުއިމެއް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސާގު ފަންޏަކީ ހަށިގަނޑުގައި ވަރު ޖައްސާލަދޭ މީރު ބުއިމެކެވެ. ޚާއްސަކޮށް ހާރު ދަމަށް ސާގު ފަނި ތަށްޓެއް ބޯލުމުން އެދުވަހަކު ގައިން ހަކަތަ ގޮސް، ވަރުބަލިވުން ކުޑަ ކޮށްދެއެވެ. އެހެންކަމުން، އަޅުކަމުގައި ވެސް ހީވާގި ކަމާއި އެކު އުޅެވޭނެ މަގުފަހި ވެގެންދެއެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ސާގު

1 ދަޅު ގެރި ކިރު

1 1/2 ޖޯޑު ފުލް ކްރީމް މިލްކު

5 އިންޗި ރާނބާފަތް

1 ސައި ސަމުސާ ވެނީލާ އެސެންސް

5 ޖޯޑު ފެން

ކާކުލަ ކޮޅެއް (ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް

1) ދެ ޖޯޑު ފެން ތެއްޔަކަށް އަޅައި، އެ ކެކެން ފެށުމުން ސާގު މަޑު މަޑުން އަޅަމުން ހަލުވަމުންދާށެވެ. ހުރިހާ ސާގު އެޅުމުން އެއްކޮށް ހަލުވާލުމަށްފަހު އުންދުން ނިއްވާލާށޭވެ. ދެން ފުރޭންޏަކަށް އަޅައި ސާގު ކޮޅު ފުރާނާލާފައި ރީތި ފެނުންވެސް ސާގު ކޮޅު ދޮވެލާށެވެ.

2) ދެން ތެއްޔަކަށް ބާކީ ހުރި ފެނާއި ރާނބާފަތާއި އަޅާފައި ކައްކާށެވެ. ފެން އެތި ކެކެން ފެށުމުން ސާގު ކޮޅު މަޑު މަޑުން އަޅާލާށެވެ.

3) މެދު ގިނީގައި ބަހައްޓައިގެން ސާގުކޮޅު ކެކެންދެން ކައްކާށެވެ. ކެކުނީމައި ހުންނާނީ އެތެރެ ފެންނަ ގޮތަށެވެ. އަދި ކެކެމުން ދާއިރު ސާގުތައް އެއްވެ ތަތްވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލުވަންވާނެއެވެ.

4) ސާގު ކޮޅު ކެކުމުން ގެރި ކިރު ދަޅާއި، ފުލް ކްރީމް މިލްކް އަޅާލާފައި އެކުލަވާލާށެވެ. ދެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކި ގަނެ އޮލަ ވަންދެން ކައްކާނީއެވެ. ކައްކާއިރު އިރު އިރު ކޮޅާ، ގިނަގިނައިން ހަލުވަންވާނެއެވެ.

5) ސާގު ފަނި އޮލަ ވުމުން ވެނީލާ އެސެންސް ފޮދާއި ކާކުލަ ކޮޅު އަޅާފައި އެކުލަވާލުމަށްފަހު އުނދުން ނިއްވާލާށެވެ. ސާގު ފަނި އެހުރީ ކެކިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...