ސާލިބާ އަނިޔާވެގެން ދަނޑުން ފައިބަނީ.. ފޮޓޯ: އިމާގޯ
ސާލިބާ އަނިޔާވެގެން ދަނޑުން ފައިބަނީ.. ފޮޓޯ: އިމާގޯ
ކުޅިވަރު 12 Sep 2025 | 14:09

ސާލިބާ އާއި ވައިޓް، އާސެނަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް މާދަމާ ފޮރެސްޓާ ދެކޮޅަށް ނިކުންނައިރު، އަނިޔާގެ ސަބަބުން ޓީމާ ދުރުގައިތިބި މުހިންމު ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާކަމަށް އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނެފިއެވެ.

މާދަމާގެ މެޗާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަޓޭޓާ ބުނީ، އޭނާގެ ޓީމަށް މިވަގުތު ލިބިފައިވާ އެންމެބޮޑު ހިތްހަމަ ޖެހުމަކީ، އަނިޔާގައިތިބި ކުޅުންތެރިންގެ ތެރެއިން، ވިލިއަމް ސާލިބާ އާއި ބެން ވައިޓް ޓީމާ ގުޅުންކަމަށެވެ. އަޓޭތާ ބުނީ އެ ދެކުޅުންތެރިންވެސް އާސެނަލްގެ ފަރިތަކުރުންތަކުގައި ފުލްކޮށް ބައިވެރިވާން ފަށާފައިވާކަމަށެވެ. މިއީ ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް އަޓޭޓާ ފާހަގަކުރިއެވެ. މީގެ އިތުރުން ނޯގާޑުވެސް މިހާރު ހުރީ ފަރިތަކުރުންތަކުގައި ބައިވެރިވެވޭ ހާލަތުގައެވެ.

ނަމަވެސް ކުރިއަށްހުރު މެޗްތަކުގައި އެ ކުޅުންތެރިން ބޭނުންކުރާނޭކަމުގެ އިޝާރާތެއް އަޓޭޓާ ދީފައެއް ނުވެއެވެ.

ސާލިބާގެ ފަޔަށް އަނިޔާވީ އާސެނަލް އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނުމެޗަށް ސާލިބާ ކުޅެން އެރިނަމަވެސް ފަޔަށް ތަދުވާވަރުން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އާސެނަލްގެ ކޯޗް އަޓޭޓާއަށް އަދިވެސް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ އަނިޔާގެ ސަބަބުން ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމާ ދުރުގައިތިބުމެވެ. އާސެނަލަށް ކުރިއަށްއޮތް ހަފްތާގައި މުހިއްމު މެޗްތަކެއް ހުރިއިރު، އެންމެ ފާހަގަކޮށްލެވެނީ، އެތްލެޓިކް ކްލަބް އަދި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް މިވަގުތު އޮތީ ކުޅުނު ތިންމެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. ޕްރިމިއާ ލީގްގައި އާސެނަލް ބަލިވީ އެންމެފަހުން އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
20 Sep 2026 ކުޅިވަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ. މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް...

ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
16 Sep 2026 ކުޅިވަރު

ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް

އިނގިރޭސި ލީގްކަޕްގައި ރޭ އާސެނަލް އާއި އިޕްސްވިޗް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. އިޕްސްވިޗްގެ ދަނޑުގައި ކުޅުނުމެޗް އާސެނަލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފާހަގަ...

ސަންޑަލޭންޑް ބަލިކޮށް، އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
13 Sep 2026 ކުޅިވަރު

ސަންޑަލޭންޑް ބަލިކޮށް، އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑް ބަލިކޮށް މޮޅުވުމުގެ ސިލްސިލާ އާސެނަލުން ދަމަހައްޓައިފިއެވެ. ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މެޗްގައި އ...

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
10 Sep 2026 ކުޅިވަރު

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާއެކު ހަދާ އައު އެއްބަސްވުން ފައިނަލްކުރުމުގެ މަސައްކަތް އެ ކްލަބުން ފަށައިފިއެވެ. ޓްރާންސްފާ މާކެޓް ބަންދުވުމާއެކު، އާސެނަލުން މިހާރު އެންމެ އިސްކަމެއް ދެނީ ކޯޗުގެ މުސްތ...

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް
10 Sep 2026 ކުޅިވަރު

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި އާސެނަލް އާއި ނަޕޯލީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އިޓަލީގައި ކުޅުނު މިމެޗް ނަޕޯލީގެ މައްޗަށް އެޓީމް ކުރި ހޯދީ 1-0 ގެ ނަތީޖާއަ...