އާސެނަލްގެ އޮޑެގާޑް.. ފޮޓޯ: ސްކައި
އާސެނަލްގެ އޮޑެގާޑް.. ފޮޓޯ: ސްކައި
ކުޅިވަރު 10 Sep 2026 | 03:28

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި އާސެނަލް އާއި ނަޕޯލީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިޓަލީގައި ކުޅުނު މިމެޗް ނަޕޯލީގެ މައްޗަށް އެޓީމް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލްއަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއ ްލިބިގެންގޮސްފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް އަމާޒުވީ ގޯލް ދަނޑިއާއެވެ.

އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ. މެޗުގެ ފުރަތަމަ ހާފުގައި މިކޭލް މެރީނޯ އާއި ބުކާޔޯ ސާކާ އަށް ލިބުނު ރަނގަޅު ފުރުސަތުތައް ބޭކާރުވިއިރު، ދެވަނަ ހާފުގައި ޕިއެރޯ ހިންކަޕިއޭ އަށް ގޯލާ ދާދި ގާތުން ލިބުނު ފުރުސަތު ވެސް ވަނީ ނާކާމިޔާބުވެފައެވެ.

މެޗްގައި އާސެނަލުން ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޯސް ޓްޒޮލިސް 75 ވަނަ މިނެޓް ތެރޭގައި ތަނަވަސްކޮށްދިން ފުރުސަތެއްގައި  މާޓިން އޮޑެގާޑެވެ. މިއީ މި ސީޒަނުގައި އޮޑެގާޑުގެ ހަތަރުވަނަ ލަނޑެވެ. މެޗުގެ ފަހު މިނެޓުތަކުގައި ނަޕޯލީގެ ކެވިން ޑި ބްރޭނާ އަށް ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިގެންގޮސްފައެވެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ލިވަޕޫލާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލިވަޕޫލެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި
03 Nov 2026 ކުޅިވަރު

ސައުދީގައި ބޭއްވުމަށް ތާވަލްކުރި އޭއެފްސީ އޭޝިއަން ކަޕް ފަސްކޮށްފި

މި ބަދަލު ގެނައީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ސައޫދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށްފަހުގައެވެ.

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.