ނަތަންހާޔޫއަށް ކޮރަޕްޝަންގެ ދައުވާ އުފުލަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލޭނެހާ ހެކިތައް ލިބިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
ރޮއިޓާސްެެއިން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ ފުލުހުން ނަތަންޔާހޫގެ މައްޗަށް ކުރާ ތުހުމަތަކީ، އިޒްރޭލުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް ފައިދާވާނެ ގޮތަކަށް ގަވާއިދުތައް ބަދަލުކޮށް، އޭގެ ބަދަލުގައި ނަތަންޔާހޫއާއި އޭނާގެ އަންހެނުންގެ ހަބަރުތައް އިތުރުކުރުމަށް މަސައްކަތްކުރުމެވެ.
ނަމަވެސް ނަތަންޔާހޫ ވަނީ މި ދައުވާތަކަކީ އަސްލެއްނެތް، ސިޔާސީ ދައުވާތަކެއް ކަމަށް ބުނެފައެވެ. ނަތަންޔާހޫގެ މައްސަަލައިގެ ހެކި ހުއްޓަސް، އޭނާއާއި ދެކޮޅަށް މި މައްސަލައިގައި ދައުވާކުރުމުގެ ފަހު ނިންމުން އޮތީ އެގައުމުގެ އެޓާނީ ޖެނެރަލްގެ އަތުގައެވެ.
މި މައްސަލައިގެ އިތުރުންވެސް ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ނަތަންޔާހޫގެ މައްޗަށް ތުހުމަތުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް