ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޗައިނާ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ގޮވައިލައްވައިފި އެވެ.
ސަފީރު މިކަމަށް ގޮވައިލެއްވީ މާލޭ ބަނދަރުގައި އޮތް ދެ ބޯޓު، ރޭ ބުރިޖުގެދަށުން އޮޔާގޮސް ލައްވެފައި ވަނިކޮށެވެ. ނުރައްކާތެރި ހާދިސާއެއް ނުހިނގާ ރޭ ސަލާމަތްވީ ކިރިޔާ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ ރޭގެ ހާދިސާއާ ގުޅިގެން ޗައިނާ ކަމާގުޅޭ މާހިރުންގެ ޓީމަކުން ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރޭގެ ހާދިސާއާ ގުޅިގެން ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ކުދިކުދި ގެއްލުންތައް ވެފައިވާއިރު ސަފީރު ވަނީ ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ބްރިޖަށް އުރުނު ތެޔޮއުފުލާ ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓެވެ. މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް