މަސްޖިދުލްއަގްސާ ކޮމްޕައުންޑްގައި ހިމެނޭ މިސްކިތެއް
މަސްޖިދުލްއަގްސާ ކޮމްޕައުންޑްގައި ހިމެނޭ މިސްކިތެއް
ދުނިޔެ 22 Apr 2025 | 05:33

މަސްޖިދުލްއަގްސާ ގޮއްވާލާނެ ކަމުގެ އިންޒާރު ޔަހޫދީންގެ ފަރާތުން

މަސްޖިދުލްއަގްސާ ގޮއްވާލައި ބިމާ ހަމަކުރާނެކަމުގެ އިންޒާރު ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން ދެމުންދާތީ އެކަމާ ފަލަސްތީނުގެ ފޮރިން މިނިސްޓްރީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔަހޫދީ ހަރުކަށި ފަރާތްތަކުން ހިންގާ މަންސަ ތަކުގައި މަސްޖިދުލްއަގްސާ ތަޅާ ސުންނާފަތިކޮށް ޔަހޫދީ ފައްޅިއެއް އަޅާތަން ދައްކާ ވީޑީއޯއެއް ދަނީ ފަތުރަމުންނެވެ.

މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯ އެއް ކަމަށް ވިޔަސް، ވީޑިއޯ ޝެއާ ކޮށްފައިވަނީ އިންޒާރަކާއި އެކުއެވެ. ވީޑިއޯގެ ކެޕްޝަނުގައި ޖަހާފައިވަނީ "ނެކްސްޓް އިޔާ އިން ޖަރޫސަލަމް" (މިއަންނަ އަހަރު ޖަރޫސަލަމްގައި) މިހެންނެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އިސްލާމީ ގައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

މަސްޖިދުލްއަގްސާ ސުންނާފަތި ކޮށްލުމަށް މީގެ ކުރިން ވެސް ޔަހޫދީން ވަނީ އެތައް ކަމެއް ކޮށްފައެވެ. މިހާރު ވެސް މަސްޖިދުލްއަގްސާގެ ހަރަމްފުޅު ވަށައިގެން އެމީހުންގެ ގަދީމީ ފައްޅިއެއް ހޯދުމުގެ ނަމުގައި ކޮންނަމުންދާ އަސްލު ބޭނުމަކީ މަސްޖިދުލްއަގްސާގެ ބިންގާ ލުހެލައި ހަލާކުކޮށްލުމެވެ. އަދި މީގެ 56 އަހަރު ކުރިން މަސްޖިދުލްއަގްސާ ރޯކޮށްލުމުގެ ނިޔަތުގައި މިސްކިތުގެ މިންބަރަށް ހުޅުޖެހިކަމަށް ވެސް ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...