ޕީއެންސީގެ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލް އުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އައްޔަނުކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން ވަނީ ޓޫރިޒަމް ކޮމިޓީގެ ރައީސާ ކަމުގެ މަގާމަށް އަލައިކާ މިއަދު ހަމަޖައްސާފައެވެ. ޕީއެންސީގެ ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. އަލައިކާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ މެއިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
އަލައިކާއަކީ ގިނަ ދާއިރާ ތަކަކުން ތަޢުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ޗައިނާގެ ޕީކިންގ ޔުނިވަރސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރސް އޮފް މެނޭޖްމަންޓް ސައިންސް ހާސިލުކުރައްވާފައިވާއިރު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން ގްލޯބަލް ބިޒްނަސް އެންޑް ފައިނޭންސް ލޯއިން އެލް.އެލް.އެމް ފުރިހަމަކުރައްވާފައިވެއެވެ.
މީގެ އިތުރުން ޝަރީޢަތާއި ގާނޫނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ޕަބްލިކް މެނޭޖްމަންޓުން އޮނަރސް ޑިގްރީވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް