ވަޒީރު ޤީލާ ޢަލީ- ފޮޓޯ/ ހެލްތު މިނިސްޓްރީ
ވަޒީރު ޤީލާ ޢަލީ- ފޮޓޯ/ ހެލްތު މިނިސްޓްރީ
ހަބަރު 30 Sep 2026 | 08:24

ރާއްޖޭގައި މިހާތަނަށް 76 މީހަކަށް އެޗްއައިވީ ޖެހިފައިވޭ؛ ދުނިޔޭގައި ތިބީ 52 މީހުން: ޤީލާ

ރާއްޖެއިން މިހާތަނަށް އެޗްއައިވީގެ 76 ވޭދަނައެއް ރެކޯޑުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 52 މީހުން ކަމަށް ހެލްތް މިނިސްޓަރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން މިދިޔަ އާދީއްތަ ދުވަހު ގެނެސްދިން "އަހަށޭ ބުނާށޭ" ޕްރޮގްރާމުގައި ފިޖީ ފަދަ ކުޑަ ޤައުމެއްގައި އެޗްއައިވީ ހައްދުން ނެއްޓި ކުއްލި ހާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ޕްރެޒެންޓަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ 1991 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް އެޗްއައިވީ ފެނުނު ކަމަށެވެ.

އެ ދުވަސްވަރު އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ފަންނީ މަސައްކަތްތެރިއެއްގެ ގޮތުގައި ކަމަށާއި ފުރަތަމަ ވޭދަނައާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިގެން ދިޔަ ކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާތަނަށް އައިއިރު ބަލިފެތުރޭ ގޮތްތަކާއި، ފަރުވާއާއި ގުޅިގެން ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ގީލާ ވިދާޅުވުއެވެ.

މިހާތަނަށް އަޅުގަނޑުމެންގެ ރެކޯޑްތަކުން ދައްކަނީ 76 މީހަކަށް ރާއްޖޭގައި އެޗްއައިވީ ޖެހިގެން ރިޕޯޓް ކުރެވިގެންދިޔަ ކަމަށް. މިވަގުތު ދުނިޔޭގައި ތިބީ 52 މީހުން.

ވަޒީރު ޤީލާ ޢަލީ

ގީލާ ވިދާޅުވީ އެޗްއައިވީ ޖެހޭ މީހުންގެ ފަރުވާ ފޯރުކޮށްދިނުމާއި އާއިލާއަށް ބޭނުންވާ ކައުންސެލިން ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުން ގެންދާ ޚާއްސަ ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ. އަަދި އެކަން ކުރަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށާ، އަދި އެ އާއިލާއާއި މީހުންވެސް ސިއްރު ކުރެވިގެބް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެހެން ގައުމުތަކުގައި މި ބަލި ފެތުރިގެންދާގޮތަށް ރާއްޖޭގައި ފެތުރިގެން ނުދޭ. އަޅުގަނޑުމެންނަށް މިހާރު އެނގޭ ކޮންމެ ބަލިމީހަކަށްވެސް އެ ބަލި ވާސިލް ވުމަށް މެދުވެރިވީ ކޮން ސަބަބެއްކަން. އެހެންވީމާ އެވަރަށް މައުލޫމާތު ނެގިގެން ދަނީ.

ވަޒީރު ޤީލާ ޢަލީ

ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ފެނުނީ 1991 ވަނަ އަހަރުއެވެ. މި ބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.