ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް؛ މިއަދު ކުލުނުވެހިން ހިލޭ ތެލެސީމިއާ ޓެސްޓް ކުރެވޭނެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން، "ހިޑަން ނޯ މޯ" ޝިއާރުގެ ދަށުން ހިލޭ ތެލެސީމިއާ ޓެސްޓު ކުރުމުގެ ހަރަކާތެއް ކުލުނުވެހީގައި ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ބާއްވަން ނިންމާފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 2:30 އާއި ހަމައަށް މ. ކުލުނުވެހި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.
މި ހަރަކާތަކީ ބަލި ދެނެގަނެވިފައި ނުވާ ފަރާތްތައް ހޯދުމަށާއި، ފަރުދީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.
ހިލޭ ޓެސްޓު ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިއަދު އެންމެ ފުރަތަމަ ޒިޔާރަތްކުރާ 100 މީހުންނަށެވެ. އަދި މިއީ އުމުރުން 10 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މި ހަރަކާތަކީ މެއި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްސަ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް