ދެކުނަށް މޫސުން ގޯސްވެއްޖެ؛ ލ އަތޮޅުން ގދ އަށް ރީނދޫ ސަމާލު ނެރެފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އެ ސަރަހއްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.
އެ އިދާރާއިން ބުނީ ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އިރުއޮއްސި 6 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތުން އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި މެދުރާއްޖެ ތެރެއާ ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ވިލާ ގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް