ދިވެހި ޙާޖީން މިރޭ މިނާއަށް ދަތުރު ފަށާނެ، މާދަމާ ރޭ އަރަފާތު ދަތުރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭ މައްކާގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މާދަމާ ރޭ ޢަރަފާތަށް ދަތުރު ފަށާނެ ކަމަށެވެ. އަދި ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަން އިން ދަނީ ދެމުން ކަމަށާ މިނާ އާއި ޢަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޙައްޖު މިޝަންއިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ޙާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވާށި. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި ޢަޒުމާއި ހެޔޮ ސިއްހަތު ދެއްވާށި," ވަޒީރުގެ ޕޯސްޓްގައި ލިިޔުއްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް