އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް އާއި ޓްރާންސްޕޯޓް މިނިސްޓަރ އަމީން: ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް އާއި ޓްރާންސްޕޯޓް މިނިސްޓަރ އަމީން: ފޮޓޯ/ އެޗްޑީސީ
ހަބަރު 03 Oct 2024 | 16:06

ޕާކިން ސްލޮޓް ގަންނަ ފަރާތްތަކަށް، އެސްލޮޓްތަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ: ފަޒުލް

ޕާކިން ސްލޮޓް ބަައްލަވައިގަންނަވާ ފަރާތްތަކުން، ބޭނުންވެއްޖެ ހާލަތެއް އެސްލޮޓްތަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާލުވެއްޖެއެވެ.

ހުޅުމާލޭގައި 4000 ޕާކިން ސްލޮޓް ހިމެނޭގޮތަށް 15 ޕާކިން ޢިމާރާތް އެޅުމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ،  ފަޟުލް ވިދާޅުވީ ސްލޮޓްތައް ވިއްކާނެ އަގުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށާއި، އަމާޒަކީ ވީހާވެސް ކުޑަ އަގުގައި ސްލޮޓްތައް ދޫކުރުންކަމަށެވެ. އަދި އެ ސްލޮޓްތައް ގަންނަ ފަރާތްތަކަށް އުމުރަށް އެ ސްލޮޓް ލިބޭނެ ކަމަށެވެ.

”މާނައަކީ އެ ޕްލޮޓް ލިބިލައްވާނޭ އެޕާޓްމަންޓެއް އޯން ކުރާ އުސޫލުން. އެގޮތަށޭ ވިއްކަން ހަމަޖެހުފައު މިއޮތީ“ ފަޒުލް ވިދާޅުވިއެވެ.

މިއާއެކު ފަޒުލް ވިދާޅުވީ، ސްލޮޓް ގަންނަ ފަރާތްތަކުން އެ ސްލޮޓް ވިއްކާލަން ބޭނުންވެއްޖެ ހަލާތްތަކުގައި އެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ:

ޕާކިންގް ސްލޮޓްތައް ބައްލަވައިގަންނަވާ ފަރާތަކަށް، ވިޔަފާރީގެ ގޮތުންވެސް، އެނޫން ގޮތުންވެސް، އެއްފަރާތުން އަނެއް ފަރާތަށް ޕާކިންގ ސްލޮޓް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ. އެހެންވީމާ އެފޯޑް ނުކުރެވޭ ޙާލަތެއް ދިރިއުޅުމުގަްި ދިމާވެއްޖެ ނަމަ، ނޫނީ ވިއްކާލާން ޖެހޭ ނަމަ، ހަމަ އެޕާޓްމަންޓް ނޮވޭޓް ކުރުމުގެ  އުސޫލުގެ ތެރެއިން ޕާކިންގ ސްލޮޓްވެސް ނޮވޭޓް ކުރުމުގެ ދުރުސަތު ފަހިވެގެންދާނެ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު

މިއާއެކު ފަޒުލް ވިދާޅުވީ 15 ޢިމާރާތުގެ މަސައްކަތް ކުރިއަށްގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށާ، ފުރަތަމަ އަހަރު 7 ޢިމާރާތުގެ މަސައްކަތް ނިންމުމަކީ ޢަމާޒުކަމަށެވެ.

އިމާރާތްތަކުގައި ހިމެނޭނީ 3920 ކާރު ޕާކިން، 3426 ސައިކަލު ޕާކިން ޖާގައެވެ. ޢިމާރާތުގައި ހަދާ ޕާކިން ސްލޮޓްތަކުން %90 އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތަކަށްވާއިރު، %10 ކަނޑައަޅާނީ ވިޒިޓަރ ޕާކިން ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައި ކަމަށާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިން ޖާގަތައްވެސް ހިމެނޭނެ ޖަމަށް ފަޒުލް ވިދާޅުވިއެވެ.

."ސޯލާއިން ޢިމާރާތަށް ކަރަންޓު ދޭއިރު، ޕާކިންގެ ޚިދުމަތްތައް އޮޓަމޭޓް ކުރާނެ. މީގެއިތުރުން އެކި ކަހަލަ ވިޔަފާރިއަށް ދޫކުރާ ފްލޯގައި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިތައް ހިންގޭނެ. 24 ގަޑިއިރު ސަވައިލަންސް ނިޒާމެއްވެސް ހުންނާނެ." ފަޒުލް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.